ސިޔާސީ ދާއިރާގައި ކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް، ޕާކިސްތާނުގެ ޔުނިވާސިޓީއަކުން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓްކަން

ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވުން ----

ޕާކިސްތާނުގެ އިންޓަނޭޝަނަލް ޔުނިވާސިޓީ އޮފް އިސްލާމް އާބާދުގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓުކަން މިއަދު އަރުވައިފިއެވެ.

މި ޝަރަފު އެ މަނިކުފާނަށް އަރުވާފައި ވަނީ، ބަައިނަލްއަގުވާމީ މައިދާނުގައި ގައުމުތަކާއި އޮންނަ ގުޅުން ބަދަހިކުރުމަށާއި ސިޔާސީ ދާއިރާގައި ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށެވެ.

މި ޝަރަފާ ހަވާލުވެވަޑައިގެން ރައީސް މުއިއްޒު ވަނީ، އެ މަގާމު އެ މަނިކުފާނަށް އެރުވުމަކީ ލިބުނު ޝަރަފެއް ކަމަށް ވިދާޅުވެފައެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގެ ސަރުކާރާއެކު ރަސްމީ މަޝްވަރާތައް އަންނަނީ ބާއްވަމުންނެވެ. މިގޮތުން، ދިފާއީ ދާއިރާ ހިމެނޭހެން ޕާކިސްތާނާއި ރާއްޖެއާ ދެމެދު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު ޕާކިސްތާނުގައި ދިރިއުޅޭ ދިވެހީންނާ ވެސް ބައްދަލުކުރައްވާނެއެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅު ދިމާވެފައި ވަނީ، ރާއްޖެއާ ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރީ 60 އަހަރު ފުރޭ މުނާސަބަތާއެވެ.

comment ކޮމެންޓް